އަހަރެންނަކީ މުދައްރިސެއްނަމަ އަހަރެން އެންމެ ފުރަތަމަ ވެސް ޢަޒުމް ކަނޑައަޅާނީ އެއްވެސް ދަރިވަރެއް ބާކީ ނުކޮށް، ހުރިހާ ދަރިވަރުންނަށް ވެސް ހަމަހަމަކަމާއިއެކު ކިޔެވުމުގެ ފުރުސަތު ދިނުމަށެވެ. އަހަރެން ދެކޭ ގޮތުގައި ރަނގަޅު މުދައްރިސުންނަކީ ދަރިވަރުންނާމެދު އިންސާފުން ކަންކަން ކުރާ މުދައްރިސުންނެވެ.
އަހަރެންނަކީ މުދައްރިސެއްނަމަ ދަރިވަރުން ޝައުޤުވެރިކޮށްގެން ކިޔަވައިދިނުމަށް މަސައްކަތް ކުރާނަމެވެ. އެގޮތުން ކުލާހުގައި މަޖާ ގޭމްތައް ކުޅުވައި ކުއިޒުތައް ކުރިއަށް ގެންދާނަމެވެ. އަދި ދަރިވަރުންގެ ސުވާލުތަކަށް ކެތްތެރިކަމާއިއެކު ޖަވާބުދިނުމަށް މަސައްކަތް ކުރާނަމެވެ. ހަމައެހެންމެ އެއްވެސް ދަރިވަރަކާއި ދިމާއަށް އަޑުބާރުކޮށް ހަޅޭލަވައެއް ނުހަދާނަމެވެ.
އަހަރެން ބަލާނީ އަހަރެންނަށް ވީވަރަކުން އެންމެ މޮޅަށް ކިޔަވައިދީ ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުމަށެވެ. ދަރިވަރަކަށް ނޭނގިއްޖެނަމަ ކިތަންމެ ގިނައިން އޮޅުންފިލުވައިދޭން ޖެހުނަސް އަހަރެން އެކަން ކުރާނަމެވެ. އަހަރެން ދެކޭ ގޮތުގައި ރަނގަޅު މުދައްރިސެއްނަމަ މި ކަންކަން މިގޮތަށް ކުރުން ވަރަށް މުހިންމެވެ.