އަހަރެންނަށް ހޭލެވުނުއިރު އޮތީ ވަރުބަލިވެ ލޮޑުވެފައެވެ. ބޯ ވެސް ހީވަނީ ދެކޮޅަށް އެނބުރޭހެންނެވެ. ކަންފަތް ވެސް ވަނީ ބަންދުވެފައެވެ. ރަނގަޅަށް ދެލޯ ފުހެލާފައި ބަލާލިއިރު ހުރީ ގަޔަށް ހީސް ވެސް ލެވިފައެވެ. ހުވަފެނުގައި މޫދުގައި ފަތާތަން މިފެނުނީ އެހެންވެތާއެވެ. އެކަމަށް މާ ބޮޑު ފަރުވާލެއް ނުބަހައްޓައި އަހަރެން ދިޔައީ ފާހާނާއަށެވެ.
ރަޖާގަނޑާއި އެއްކޮށް ފާހާނާއަށް ވަދެ ލޯގަނޑަށް ބަލަން ހުރެވުނީ ކިހާއިރަކު ކަމެއް ނޭންގެއެވެ. ކުއްލިއަކަށް ހޭވެރިކަން ވެގެން ފާހާނާ ތެރެއަށް ރަޖާގަނޑު ދޫކޮށްލުމަށްފަހު އަހަރެން އެރީ ފާހާނާ ތަށި މައްޗަށެވެ. ފާހާނާ ތަށިމަތީގައި ހުރެ ސީސަވަރުން ބޭރަށް ފެންޖަހާން ފެށީމެވެ. މަގުމަތިން ދިޔަހައި މީހެއްގެ ގަޔަށް ފެންޖެހީމެވެ. އެކަން ކޮށް ނިމިގެން ދެން ފެށީ ބޯޓުދުއްވާ ކުޅޭށެވެ.
ޝޭންޕޫ ފުޅިތަކާއި ސައިބޯނި ފުޅިތައް ނަގައިގެން ފާހާނާގެ ތަޅުންގަނޑުމަތީގައި އާގުބޯޓު ދުއްވާ ކުޅުނީމެވެ. އެކި ވަރުވަރުގެ އެކި ފުޅިން އެކި ޒާތްޒާތުގެ ބޯޓުތައް ހަދައިގެން ދުއްވާ ކުޅުނީމެވެ. އަހަރެން ފާހާނާ ތެރޭގައި އަނގައިން ލައްވާ އަޑުގަދަވެގެން މަންމަ އެއްފަހަރު އަހަރެންނަށް ގޮވައި ވެސް ލިއެވެ. މަންމައަށް ޖަވާބު ދީފައި އަހަރެން ޝޭންޕޫފުޅިތައް ތަޅުންގަނޑަށް އަޅައި ކައްސާ ކުޅެން ފެށީމެވެ.
މުޅި މޫނުގައި ޝޭންޕޫ ގަރުތައް ހާކައިގެން ތުނބުޅި، މަތިމަސް ކުރެހުމާއިގެން އުޅުނީމެވެ. އެކިއެކި މޮޅެތި ފުޓުބޯޅަ ކުޅުންތެރީންގެ ބޯ ހުންނަގޮތަށް އިސްތަށިގަނޑު ހަދައިގެން ލޯގަނޑަށް ވެސް ބެލީމެވެ.
ފާހާނާގައި ކުޅިވަރުތައް ކުޅެން ހުއްޓައި އަހަރެންނަށް ޝޭންޕޫގެ ގަރުތައް މަތީގައި ފައިއެޅިފައި ކައްސާލައިގެން ބޯކޮޅުވަތަށް ވެއްޓި މުޅިތަން އަނދިރިވެއްޖެއެވެ.
މުޅިތަން ވަނީ ކަޅުވެފައެވެ. ތަނެއް ދޮރެއް ނުފެނެއެވެ. ބަޔަކުމީހުން ވާހަކަ ދައްކާ އަޑު، ވަރަށް ނުސާފުކޮށް އިވެއެވެ. ދުރުދުރުން މަންމަ އަހަރެންގެ ނަމުން ގޮވާއަޑު އިވެއެވެ. ވަރަށް އުނދަގުލުން އަހަރެން ދެލޯ ހުޅުވާލީމެވެ. ފެންނަން ފެށީ ވަރަށް ހުދު ތަނެކެވެ. މީހަކު ކައިރީގައި ހުރިހެން ވެސް ހީވެއެވެ. ފަންކާއެއްގެ އަޑު ވެސް އިވޭހެން ހީވެއެވެ. އަހަރެން ރަނގަޅަށް ބަލައިލިއިރު މިއޮވެވެނީ ސޯފާއެއްގައެވެ. މަންމަމެން ވެސް ކައިރީގައި ތިއްބެވެ. މިވާނުވާއެއް ނޭންގެއެވެ. އެހެންވެ އަހަރެން މަންމައާއި މިކަމާ ގުޅޭގޮތުން ސުވާލުކުރީމެވެ.
މަންމަ ބުނި ގޮތުގައި މަންމައަށް އަހަރެން ފެނުނީ ފާހާނާގައި ބޯކޮޅުވަތަށް އޮއްވައެވެ. ފާހާނާގައި ހުރީ ހުސް ލެޔެވެ. މަންމަމެން އަހަރެން ނަގައިގެން ގެންދިޔައީ ހަސްފަތާލަށެވެ. އޭރު ހަސްފަތާލުގެ ހޯލުތެރެ ވެސް ވަނީ ފުރިބާރުވެފައެވެ. ނަމަވެސް އަހަރެން އޮތް ޙާލުފެނިފައި ޑަކުޓަރުން ވަގުތުން އަވަސްފަރުވާދޭ ބަޔަށް އަހަރެން ގެންދިޔައެވެ. ގާތްގަނޑަކަށް 2 ގަޑިއިރު ފަހުން އަހަރެން ނެރުނެވެ. ޑަކުޓަރުން މަންމަ ގާތުގައި ބުނީ އަހަރެން ރަނގަޅު ކަމަށާއި، ބޮލަށް ލިބުނު ގެއްލުމުގެ ސަބަބުން މިހާރުވަނީ ނިދިފައިކަމަށެވެ. އެހެންވެ އަހަރެން ގެޔަށް ގެނައީއެވެ.
އަހަރެންނަށް މިހާރު އެނގުނީ އަހަރެންގެ ސޭކުކަން ފިލުވައި އިސްލާހު ވާން ޖެހިއްޖެކަމެވެ. އިސްލާހުވެވޭނީ ވަރަށް ގިނަ މަސައްކަތުންކަމެވެ.